Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

"ރާއްޖެ ގޮސް ޕާސްޕޯޓް ރައީސް ޔާމީނަށް ހަދިޔާ ކުރާނަން"

މާލެ ވަޑައިގެން ޕާސްޕޯޓް ރައީސް އަބްދުﷲ ޔާމީނަށް ހަދިޔާ ކުރައްވާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ އެމަނިކުފާންގެ ޕާސްޕޯޓް ލަންކާގައި ހުއްޓާ ހިފެހެއްޓުމާއި ގުޅިގެންނެވެ. އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނުކަންވެސް ކުރަމުން އަންނަ މަހްލޫފް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓިއަސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ.

މިދިޔަ ޖުލައި 31، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް، މަހްލޫފާއި އިދިކޮޅު މެމްބަރުންގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަހްލޫފް ވިދާޅުވީ ޕާސްޕޯޓް ތިން މަސްދުވަހަށް ހިފެހެއްޓިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ، އަދި ރާއްޖެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީނަށް ޕާސްޕޯޓް ހަދިޔާ ކުރައްވާނެކަމަށެވެ.

މަހްލޫފްގެ ޕާސްޕޯޓް ހިފެހެއްޓިއިރު ކޯޓު އަމުރެއްގެ ދަށުން ނޮޅިވަރަންފަު ދާއިރާގެ މެމްބަރ ހުސެއިން އަރީފްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.