Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

އަހަރަކު 100 މިލިއަން ރުފިޔާ ސްޓެލްކޯ އަށް ގެއްލުން: ޒުހޫރު

ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެމުން ދަނީ ގެއްލުމުގައި ކަމަށާއި އަހަރަކު 100 މިލިއަން ރުފިޔާ ގެއްލުންވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޒުހޫރު މިފަދައިން ވިދާޅުވީ އައްޑޫގައި ފެނާއި ކަރަންޓުގެ އަގު މާލެއަށްވުރެ ބޮޑުކޮށް ނަގާތީ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީ ވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އާއި އެންވައިރަމެންޓް މިނިސްޓަރގެ އިތުރުން އެމްޑަބްލިއުއެސްސީގެ އެމްޑީ ހާޒިރުކުރި ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުހޫރު ވިދާޅުވީ ސްޓެލްކޯ މިހާރުވެސް ހިންގަނީ ދަރަނީގައި ކަމަށެވެ. ޒުހޫރު ވިދާޅުވީ ކުންފުނިން މިދިޔަ އަހަރުވެސް 60 މިލިއަން ރުފިޔާ ގެއްލުންވިކަމަށާއި ޖުމްލަ ދަރަނި 1.6 ބިލިއަންއަށް އަރާކަމަށެވެ.

ޒުހޫރު ވިދާޅުވީ ކަރަންޓް ވިއްކާ އަގުން ބަލާއިރު ހަރަދުކޮށްފައި ފައިދާ ނޯންނަކަމަށެވެ. ޒުހޫރު މިފަދައިން ވިދާޅުވިއިރު ފެނަކަ އަަދި ސްޓެލްކޯއަށް ބޮޑު އަގުގައި ތެޔޮ ގަންނަ ކަން އޮޑިޓް ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ.