ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތަކަށް މައްސަލަ ޖެހުމާއި ގުޅިގެން އައްޑޫގެ ބޮޑު ސަރަހައްދަކުން މިރޭ ވެސް ކަރަންޓް ކެނޑިއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުކަޒީ އިންޖީނުގޭގެ ބައެއް އިންޖީނުތައް މައްސަލަ ޖެހި މަރާމާތު ކުރަމުން ދަނިކޮށް އިއްޔެ އިތުރު އިންޖީނަކަށް ވެސް ވަނީ މައްސަލަ ޖެހިފައެވެ.
އޭގެ ސަބަބުން އިންޖީނުގޭގައި ލޯޑް ނުހިފެހެއްޓިގެން އެކި ސަރަހައްދުތަކުން ނޯޓިސް ދިނުމެއް ނެތި މިހާރު ދަނީ ކަރަންޓް ކަނޑަމުންނެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ބުނި ގޮތުގައި ނޯޓިސް ދިނުމެއް ނެތި ކަރަންޓު ކަނޑަނީ ލޯޑު މަތިވެެގެން "ގޮތް ހުސްވެގެން" ކަމަށެވެ.