އިންޑިއާ ސަރުކާރުން ތެލުގެ އަގު ހެޔޮކޮށްފިއެވެ.
އެގައުމުގެ ސަރުކާރުން ދުވަހުން ދުވަހަށް ގެންނަ ތަކެތީގެ އަގުގެ ނިޒާމްގެ ދަށުން އެކްސައިޒް ޑިއުޓީ ކަނޑާލުމާއެކު ޕެޓްރޯލް އަދި ޑީސަލް ލީޓަރަކުން ދެ ރުޕީސް ވަނީ ހެޔޮވެފައެވެ.
އިންޑިއާގެ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓަރު ދަރުމެންދުރާ ޕްރަދާން ވިދާޅުވެފައިވާ ގޮތުގައި ދިވާލީ ފެސްޓިވަލް އަންނަންވާއިރަށް ޕެޓްރޯލްގެ އަގުތައް ހަމައަކަށް އެޅި ދަށަށް ދާން ފަށާނެ ކަމަށެވެ.
އިންޑިޔާ ސަރުކާރުން ތެލުގެ އަގަށް ގެނައި ބަދަލުގެ ކުރިން ދިއްލީގައި ޕެޓްރޯލް ލީޓަރެއްގެ އަގު 70.83 ރުޕީސްގައި ހުރިއިރު ތެލުގެ އަގަށް ގެނައި ބަދަލާ އެކު ޕެޓްރޯލް ލީޓަރެއްގެ އަގު 68.83 ރުޕީސް އަށް ވަނީ ވެއްޓިފަ އެވެ.
އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ދަހިންދޫގައި ބުނެފައިވާ ގޮތުން ތެލުގެ އަގަށް ބަދަލު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާތީއާއެކު އަދި އާންމުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމުގެ ގޮތުން ކަމަށެވެ.