Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ސުވާދިވުން ހުރިހާ ޓީޗަރުންނަށް ހާއްސަ ހަދިޔާއެއް

މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާ ދިމާކޮށް ހިތަދޫގައި ހުންނަ އެންމެ މަގުބޫލް އެއް ކެފޭ ކަމަށްވާ ސުވާދިވް އިން ހުރިހާ ޓީޗަރުންނަށް ހާއްސަ ހަދިޔާއެއް ދޭ ގޮތަށް ނިންމައިފި އެވެ.

އެތަނުން ބުނީ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ޓީޗަރުންނަށް 10 ޕަސަންޓްގެ ޑިސްކައުންޓެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންވެ ސުވާދިވް އަށް ޓީޗަރަކު ދާ ނަމަ އޭނާއަކީ ޓީޗަރެއްކަން އަންގައި ދޭ ރަސްމީ ލިޔުމެއް ދެއްކުމުން ހިދުމަތުން ޑިސްކައުންޓް ދޭނެ ކަމަށް ސުވާދިވުން ބުންޏެވެ.