Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އިއްޔެ ވެޓުނު ސީޕްލޭނުގެ ތަހުގީގު ފަށައިފި

ބޯޓު މޫދުން ނަގަނީ: ފޮޓޯ - މިހާރު

އިއްޔެ މޯލްޑިވިއަންގް ސީޕްލޭން ވެއްޓެން ދިމާވީ ކީއްވެތޯ ބަލައި ތަހުގީގު ކުރުމަށް ބޯޓު ސިވިލް އޭވިއޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބޯޓު ވެއްޓިފައިވަނީ ހުޅުލޭ ފަސްގަނޑަށް ޖައްސަން އުޅެނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ސިވިލް އޭވިއޭޝަނުން ބޯޓުގެ ތަހުގީގު ފަށާފައިވާއިރު އަދި މިހާތަނަށް ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ގާތްގަނޑަކަށް 5 މިލިއަން ޑޮލަރުގެ އަގުހުރި މިސީޕްލޭން ހުޅުލޭ ފަސްގަނޑަށް ޖައްސަން މަސައްކަތް ކޮށްފައިވަނީ ގަދަ ކޮޅިގަނޑެއްގެ ތެރޭގައެވެ.

މޯލްޑިވިއަން އިން ބުނެފައިވަނީ ބޯޓަށް ލިބުނު ގެއްލުން އަންދާޒާ ކުރެވޭނީ ސިވިލް އޭވިއޭޝަނުގެ ތަހުގީގު ނިމުން ކަމަށެވެ.