ސިދާތު މަލްއުތުރާ އާއި ސޮނާކްޝީ ސިންހާގެ ފޭނުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި އެ ދެ ތަރިން އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމް "އިއްތެފާގް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ސިއްރު މަރުތަކެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ މާޑާ މިސްޓްރީއެކެވެ. އަދި އެކަމުގެ ތަހުޤީގުގައި ވިކްރަމް (ސިދާތު) އާއި މާޔާ (ސޮނާކްޝީ) ވަނީ ބެދެ އެވެ.
ގާތްގަނޑަކަށް ދެ މިނެޓާއި 30 ސިކުންތަށް ދެމިގެންދާ މި ފިލްމްގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މަރުތައް ތަހުޤީގު ކުރާ ފުލުސް އޮފިސަރަކީ އަކްޝަޔޭ ކަންނާ އެވެ. އޭނާގެ މަސައްކަތަކީ އެ މަރުތައް ހިނގައި ދިޔަ ގޮތުގެ ހަޤީގަތް ހޯދުމެވެ.
"އިއްތެފާގް" އަކީ 1969 ވަނަ އަހަރު ޔާޝް ޗޯޕްޅާ ޑައިރެކްޓްކޮށް، ރާޖޭޝް ކަންނާ އާއި ނަންދާ ލީޑް ރޯލް ކުޅުނު ފިލްމް "އިއްތެފާގް" ގެ އެޑަޕްޓޭޝަނެކެވެ.
ރިލީޒް ކުރިތާ 48 އަހަރު ފަހުން "އިއްތިފާގް" އަލުން ބެލުންތެރިންނާ ހަމައަށް ގެނެސް ދެނީ ޝާހްރުކް ހާން ރެޑް ޗިލީޒް އެންޓަޓެއިންމެންޓާއި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްގެ އިތުރުން "އިއްތެފާގް" ގެ އޮރިޖަނަލް ބެލުންތެރިންނާ ހަމައަށް ގެނެސް ބީއާރް ސްޓޫޑިއޯސް ގުޅިގެންނެވެ.
މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ބަލްދޭވް ރާޖް ޗޯޕްރާ (ބީއާރް ޗޯޕްޅާ) ގެ ކާފަދަރި އަބޭ ޗޯޕްރާ އެވެ. މިއީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.
"އިއްތެފާގް" ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.