ކާމިޔާބް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ އިމްތިއާޒް އަލީގެ "ހައިވޭ" ގެ ޝޫޓިން ފަށައިފި އެވެ.
މިއީ ރަންބީރު ކަޕޫރާއި ނަރުގިސް ފަހުރީ ހިމަނައިގެން އިމްތިއާޒް ހެދި "ރޮކްސްޓާ" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި ޔެއާ" އިން ބޮލީވުޑަށް ތައާރަފްވި ޑައިރެކްޓަރު/ޕްރޮޑިއުސަރު/ރައިޓާ މަހޭޝް ބަޓްގެ އަންހެން ދަރިފުޅު އާލިއާ ބަޓް އާއި ރަންދީޕް ހޫޑާ އެވެ.
ރަންދީޕަކީ އާލިއާގެ ބައްޕަގެ ބަޓް ކޭމްޕްގެ މިހާރުގެ ފެވަރިޓެވެ. އެގޮތުން ބަޓް ކޭމްޕްގެ "ޖަންނަތު 2"، "ޖިސްމް 2" އަދި "މާޑާ 3" ގައި އޭނާ މުހިއްމު ރޯލްތަކެއް އަދާކޮށްފައިވެ އެވެ.