ޔޫރަޕިއަން ޔޫނިއަނުން ދިވެހި ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ނެތިކޮށްލުމަށް މަސައްކަތް ކުރާ ވަކިވަކި ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައި ގަރާރެއް ޔޫރޮޕިއަން ޕާލަމެންޓުން ހުށަހަޅައިފިއެވެ.
މި ގަރާރުގައި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ޒިންމާ އަދާކޮށް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމަށާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް އަދި ޚިޔާޅު ފާޅުކުރުމުގެ މިނިވަންކަން ހުރަހެއް ނެތި ރައްޔިތުންނަށް ދިނުމަށް ދިނުމަށް ގޮވާލާފައިވެއެވެ.
އަދި ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީ އަށް ކުރިމަތިކުރުވާ ހުރަސްތައް ނެތިކުރުމަށް، ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އަޅައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ބާރު އަޅާފައިވެއެވެ.
އަދި 2015 ވަނަ އަހަރު ޔޫރޮޕިއަން ޕާލަމެންޓުން ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރިއިރު ކަން އޮތް ހާލަތާ މިއަދާ އަޅާ ބަލާއިރު މާބޮޑަށްވެސް ކަންތައް ގޯސް ވެފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި، ބްލޮގަރ ޔާމީން ރަޝީދު މަރާލުމާއި، ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނެގުމާއި، ދިވެހިން ހައްދުފަހަނަޅާފައިވާ ޖަމައާތްތަކާއި ގުޅެމުންދާ މިންވަރު އިތުރުވުމާއި ސުޕްރީމް ކޯޓުން ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުންވެސް ހިމެނެއެވެ.