Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

ހާއްސަ އޮޕަރޭޝަނެއް ހިންގައި ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ހާއްސަ ޓީމަކުން މާލޭގެ އެކި ސަރަހައްދު ބަލައި ފާސް ކުރުމަށްފަހު ތަކެއްޗާއި ބަޔަކު ހައްޔަރުކޮށްފިއެވެ.

ރޭ 11 ޖަހާކަށް ހާއިރު މޫނު ނިވާކޮށްގެން ތިބި އެސްއޯ ފުލުހުންގެ ވިއްސަކަށް މީހުން ވަނީ މައްޗަން ގޯޅި ސަހާރާ އާއި ޕީޓްރަލް ސަރަހައްދު ބަލައި ފާސްކޮށްފައެވެ. އަދި ޕީޓްރަލް ސަރަހައްދުން ޒުވާނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މި އޮޕަރޭޝަނަކީ މާލެތެރޭގައި ހިންގާ މާރާމާރީ އާއި އެހެނިހެން ކުށްތައް ހުއްޓުވުމަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން މިފަދަ އޮޕަރޭޝަނެއް ބޭއްވި އިރު ފާއިތުވި ތިން މަސް ދުވަހުގެ ތެރޭ މާލޭގައި ވަނީ ގޭންގު ހަމަލާ ތަކުގައި 4 މީހަކު މަރާލާފައެވެ.