މާލޭން ފުރައިގެން އއ. އަތޮޅަށް ދަތުރުކުރި މަުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އޭގެއިން ދަތުރު ކުރި ތިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ "އުއްމީދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ރޭ ފަތިހު 5:30 ހާއިރުއެވެ. އާޒިމް ވިދާޅުވީ ދޯނި އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްގާޑްގެ އުޅަނދެއް ދޯނި އެންމެ ފަހުން އޮތް ޕޮޒިޝަނަށް ގޮސް ހޯދަމުން އަންނަ ކަމަށެވެ.
އަޑިއަށް ދިޔަ ދޯނިން ދަތުރުކޮށްފައިވަނީ ބިދޭސީ ދެމީހަކާއި ދިވެއްސެއްކަމަށް މައުލޫމާތު ލިބެއެވެ. މި މީހުންނާއި ދޯނި ހޯދުމަށް އެމްއެންޑީއެފްގެ ހެލިކެޕްޓަރވެސް މިހާރު ދަނީ ބޭނުން ކުރަމުންނެވެ