Last Updated: June 29, 11:56
Monday, June 29, 2026
މުނިފޫހިފިލުވުން

"އައްޔާރީ" ގެ ޝޫޓިން ނިންމާލައިފި

ސިދާތު މަލްއުތުރާ އާއި މަނޯޖް ބަޖްޕާއީ މުހިއްމު ރޯލްތައް ކުޅޭ ފިލްމް "އައްޔާރީ" ގެ ޝޫޓިން ކާމިޔާބުކަމާ އެކީ ނިންމާލައިފި އެވެ.

އެކަން ފާހަގަ ކުރުމަށްޓަކައި ފިލްމްގެ ކާސްޓާއި ކްރޫ މެމްބަރުންނަށް ވަނީ ޕާޓީއެއް ބާއްވައިފަ އެވެ. ސިދާތު ވަނީ އޭނާ އެ ފިލްމްގެ ކާސްޓާ އެކު ޕާޓީ ކުރާ ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފަ އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓް ކުރާ އެ ފިލްމަކީ ހަޤީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށް މަޢުލޫމާތު ލިބެ އެވެ.

އެ ފިލްމްގެ މުހިންމު ރޯލްތަކުން ސިދާތުގެ އިތުރުން ރަކުލް ޕްރީތު ސިންގް އާއި އަނޫޕަމް ކޭރް އަދި ނަސީރުއްދީން ޝާހް ވެސް ފެނިގެން ދާނެ އެވެ.

'އައިޔާރީ' ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖެނުއަރީ 26، 2018 ގަ އެވެ.