Last Updated: June 29, 10:25
Monday, June 29, 2026
މުނިފޫހިފިލުވުން

"ކުއަންޓިކޯ 3" ގެ ޝޫޓިން ފަށައިފި

ޕްރިޔަންކާ ޗޯޕްޅާގެ އިނގިރޭސި ޓީވީ ސީރީޒް "ކުއަންޓިކޯ" ގެ ތިން ވަނަ ސީޒަންގެ ޝޫޓިން ފަށައިފި އެވެ.

އެގޮތުން އެ ސީރީސްގެ ތިން ވަނަ ސީޒަންގެ ޝޫޓިން ފެށުމަށްޓަކައި ޕްރިޔަންކާ ދާ މަންޒަރު ފެންނަ ވީޑިއޯ ފިލްމް ޕްރޮޑިއުސަރު މުބީނާ ރެޓޮންސީ ވަނީ ޕޯސްޓްކޮށްފަ އެވެ.

https://www.instagram.com/p/BZ25Sjbg9uW/

ރިޕޯޓްތައް ބުނާގޮތުން ސީޒަން ތިނެއްގެ ޕްރިމިއާ ޝޫޓް ކުރަން ހަމަޖެހިފައި ވަނީ އިޓަލީގެ އެންމެ ހިތްގައިމު އަދި ރީތި ބައެއް ސަރަޙައްދުތަކުގަ އެވެ.

"ކުއަންޓިކޯ" ގެ ފުރަތަމަ ދެ ސީޒަން އަށް ލިބުނު ތަރުހީބާއި އެކު ޕްރިޔަންކާ ވަނީ އެމެރިކާގައި ވަރަށް މަޤްބޫލް ތަރިއަކަށް ވެގެން ގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި ސީޒަން ތިނެއްގައި ޖުމްލަ 13 އެޕިސޯޑް ހިމެނޭނެ އެވެ. އަދި ޝޯއަށް ލިބޭ ތަރުހީބަށް ބަލާފައި އެޕިސޯޑްތަކުގެ އަދަދު އިތުރުވެގެން ދާނެ އެވެ. ސީޒަން ތިނެއް ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ.