Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އެމްބީސީގެ މެމްބަރު ކަމަށް އަސްލަމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ގއ. ދިއްދޫ އާލިޔާ މުޙަންމަދު އަސްލަމްގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެކަން އެންގެވުމާ ގުޅިގެން، އެ ކޮމިޝަންގެ މެންބަރު ކަމަށް، އޭނާ ރައީސް ޑރ. މުޙަންމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޝަނަށް މެމްބަރަކު އައްޔަންކޮށްފައި މި ވަނީ ކުރިން އެމްބީސީގެ ބޯޑުގެ ރައީސް ބަދުރުއްނަސީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.