Last Updated: June 29, 10:25
Monday, June 29, 2026
ދުނިޔެ

ބެންގަލޫރަށް ވާރޭވެހި ފެންބޮޑު ވަނީ

އިންޑިއާގެ 'އިލެކްޓްރޯނިކް ސިޓީ'ގެ ނަމުން މަޝްހޫރުވެފައިވާ ބެންގަލޫރު ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި ސަބަބުން ގިނަ ބަޔަކަށް ދަނީ ގެއްލުން ލިބެމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ބެންގަލޫރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ކޮރަމަންގަލާ، އިލެކްޓްރޯނިކްސް ސިޓީ އަދި ވައިޓްފީލްޑް ހިމެނެއެވެ.

އެހެން އަހަރުތަކާއި އަޅާބަލާއިރު މި އަހަރު ބެންގަލޫރަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެސް އިތުރަށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ބެންގަލޫރުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އާދަޔާއި ޚިލާފަށް ބެންގަލޫރުގެ ޓްރެފިކް ވެސް ވަނީ އިތުރުވެފަ އެވެ. ގިނަ ސަރަޙައްދުތަކުން ކަރަންޓް ކެނޑުންވެސް ވަނީ އާންމުވެފަ އެވެ. މީގެ އިތުރުން މި ދުވަސްވަރު ބެންގަލޫރުގައި ދަތުރުފަތުރުކޮށް އުޅުމަށް ވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.