Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ މެޗްތައް ދިރާގު ޓީވީން ލައިވްކޮށް

މިއަދު ފަށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް "ދިރާގު ޓީވީ" އިން ވަގުތުން ގެނެސްދޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގު ޓީވީން ވޯލްޑްކަޕްގެ މެޗުތައް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ސޮނީ ޓެން ޓޫ އެޗްޑީ ޗެނަލް އާއި ސޮނީ އީއެސްޕީއެން އެޗްޑީ އިން ނެވެ.

އިންޑިޔާގައި މިއަދު ފަށާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބަރާތުގެ ފައިނަލް މެޗް ކުޅޭނީ އޮކްޓޯބަރ 28 ވަނަ ދުވަހެއެވެ. ދިރާގުން މައުލޫމާތު ދޭގޮތުގައި މުބާރާތުގެ ހުރިހާ މެޗްތަކެއް ވެސް "ދިރާގު ޓީވީ" އިން ވަގުތުން ގެނެސްދޭނެއެވެ.

"ދިރާގު ޓީވީ" އިން 80 އަށް ވުރެ ގިނަ ޗެނަލްގެ ޚިދުމަތް ލިބޭ އިރު މަހު ފީއަކީ 300 ރުފިޔާ އެވެ.