އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގެ އިން މައްސަލަ ޖެހިފައިވާ 4 ޖަނެރޭޓަރުގެ ތެރެއިން 1 ޖަނެރޭޓަރު މަރާމާތުކޮށް ނިމިފައިވާ ކަމަށް ފެނަކަ އައްޑޫ އޮފީހުން ބުނެފިއެވެ.
ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މަރާމާތުކޮށް ނިިމިފައި ވަނީ 1 މެގަވޯޓުގެ ޖަނެރޭޓަރެއް ކަމަށާއި މިހާރު އެ ޖަނެރޭޓަރުން ވެސް ކަރަންޓުގެ ޚިދުމަށް ދެމުން އަންނަ ކަމަށެވެ.
މަރާމާތު ކުރެވުނު ޖަނެރޭޓަރު ހިމަނައިގެން މިހާރު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން ގެންދާ ޖަނެރޭޓަރުގެ އަދަދަކީ 8 އެވެ. އަދި މައްސަލަ ޖެހިފައިވާ ޖަނެރޭޓަރު ތަކުގެ އަދަދަކީ 3 އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި އައްޑޫއަށް 2 ޖެނަރޭޓަރ ސެޓް ފޮނުވުމަށް ފެނަކައިން ވަނީ ނިންމާފައެވެ.
1.2 މެގަވޯޓުގެ ޖަނަރޭޓަރަކާއި އެއް މެގަވޯޓުގެ ޖަނަރޭޓަރު މާލެއިން މިރޭ ފުރުވާލުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެތަކެތި އައްޑޫ އަށް ގެންދެވޭނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.