Last Updated: June 20, 10:36
Saturday, June 20, 2026
ކުޅިވަރު

އޭބީސީ އައްޑޫ އޯޕަންސް ބެޑްމިންޓަން މިރޭ ފަށަނީ

އައްޑޫ ބެޑްމިންޓަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ އޭބީސީ އައްޑޫ އޯޕަންސް ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017 މިރޭ 8 ޖަހާއިރު ހިތަދޫ ޔޫތު ސެންޓަރގައި ފެށޭނެއެވެ.

ރާއްޖޭގެ އެއްވަނަ ޑިވިޝަންގެ ބައެއް ކުޅުންތެރިން ވާދަ ކުރާ މިމުބާރާތުގެ ގުރުލުން އިއްޔެ ހަވީރު ވަނީ ބާއްވާފައެވެ. މިރެއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި 5 އިވެންޓެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.

އެއީ މެންސް ސިންގަލް، މެންސް ޑަބަލް އަދި ވިމެންސް ސިންގަލްގެ އިތުރުން ވިމެންސް ޑަބަލްއާއި މިކްސް ޑަބަލްއެވެ. މި އިވެންޓްތަކުގައި ޖުމްލަ 8 ޓީމަކުން ވާދަކުރާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މެއިން ސްޕޮންސާރ ކޮށްފައިވާ މި މުބާރާތުގެ ކޯ ސްޕްންސަރ އަކީ އައްޑޫ ސިޓީ ކައުންސިލްއެވެ. އެސޯސިއޭޓް ޕާޓްނާއަކީ ބެޑްމިންޓަން އެސޯސިއޭޝަންއެވެ. ޕްރިންޓިން ޕާޓްނާއަކީ ކޮންޓްރޯލްޕީއެވެ. އަދި މިބާރާތުގެ ހަބަރާއި މައުލޫމާތު ގެނެސްދޭ ބައިވެރިއަކީ "އައްޑޫލައިވް"އެވެ.