Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫގެ ކަރަންޓް ހައްލު ނުކުރެވެނީ ސްޕެއާ ނުލިބިގެން: ފެނަކަ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ޖަނެރޭޓަރު ސެޓްތަކުގެ މަރާމާތަށް ބޭނުންވާ ސްޕެއާ ނުލިބިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މީޑިޔާތަކަށް ވިދާޅުވެފައިވާ ގޮތުގައި އައްޑޫގެ މަރުކަޒީ އިންޖީނުގެއިން މައްސަލަ ޖެހުނު ހަތަރު ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނެރޭޓަރެއް މަރާމާތު ނުކުރެވި ލަސްވެފައި ވަނީ، ބޭނުންވާ ސްޕެއާ ނުލިބިގެން ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވާ އިރު، އައްޑޫ އިންޖީނުގޭގައި ހުރި ޖަނެރޭޓަރުތަކަށް މައްސަލަ ދިމާވަނީ ސާވިސް ނުކުރެވުމާއި އެކަމަށް ބޭނުންވާ ސްޕެއާ ނުލިބިގެން ކަމަށް މީގެ ކުރިން ފެނަކައިން ހިންގާ އައްޑޫ އިންޖީނުގެއިން ވަނީ ބުނެފަ އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އައްޑު އަށް ކަރަންޓުގެ މައްސަލަ ކުރިމަތިވަނީ މެނޭޖް ނުކުރެވިގެން ކަމަށާއި އިންޖީނުތައް ސަރވިސް ނުކުރެވޭ ކަމަށެވެ. އަދި އިންޖީނުތައް ސާވިސް ކުރުމަށް ބޭނުންވާ ސްޕެއާތައް ނުލިބިގެން އުޅޭކަން ފެނަކައިގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ސޯބެ ވަނީ ވިދާޅުވެފަ އެވެ.