Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

މާބައިދޫ ގުދަނެއްގައި ރޯވެއްޖެ

މާބައިދޫ ތެޔޮ ފިހާރައިގެ ގުދަނުގައި ރޯވެ އަނދަނީ: ފޮޓޯ - މިހާރު

ލ. މާބައިދޫ ފިހާރައެއްގެ ތެޔޮ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އަނދަމުން ދަނީ އެރަށު ތެޔޮ ވިއްކާ ފިހާރައިގެ ގުދަނުގައެވެ. ރަށު ރައްޔިތުން ވެގެން ބާލިދީގައި ފެން ގެންގޮސް އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ޓީމެއްވެސް މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ތެޔޮ ގުދަނުގައި ރޯވެ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށް އަނދާފައެވެ.

އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފްއަށް ދެވުނު އިރުވެސް ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.