އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ކުންޑަމް ގައި އުމުރުން ހަ އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލައިފި އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ ރޭޕް ކޮށްފައި ވަނީ އެ އާއިލާގެ އަވަށްޓެރިއެކެވެ. މަރުވި އަންހެން ކުއްޖާގެ އާއިލާއން ބުނާގޮތުގައި ސުޝިލް ވަނީ ހަދިޔާތަކެއް ދޭނަމޭ ބުނުމަށްފަހު އަންހެން ކުއްޖާ އޭނާގެ ގެއަށް ގެންގޮސްފައެވެ.
އަދި ގެއަށް ގެންދިއުމަށްފަހު އޭނާ ވަނީ އެ ކުޑަކުއްޖާ އާއި އެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގާފައެވެ. މީގެ އިތުރުން ސުޝިލް ވަނީ ރޭޕް ކުރުމަށްފަހު އެ އަންހެން ކުއްޖާ ގަލުން ތަޅައި މަރާލާފައެވެ.
ފުލުހުންނަށް މި ޚަބަރު ލިބުމާއިއެކު އެމައްސަލައިގެ ތަހުޤީގު ވަނީ ފަށާފައެވެ. އަދި ތަހުޤީގުގެ ތެރެއިން އެނގުނު ގޮތުގައި އެ އަންހެން ކުއްޖާގެ މަޢުލޫމާތު އެންމެ ފުރަތަމަ ހިއްސާކޮށްފައި ވަނީ ސުޝިލް ނަމަކަށް ކިޔާ މީހެކެވެ. ސުޝިލް ވަނީ އެ އަންހެން ކުއްޖާ ރޭޕްކޮށް ގަލުން ތަޅާމަރާލި ކަމަށް އެއްބަސްވެފައެވެ.
މި މައްސަލައިގެ ސަބަބުން ކުންޑަމް ގައި ގިނަ ބަޔަކު ވަނީ ސުޝިލް އަށް މަރުގެ އަދަބު ދިނުމަށް އެދި މުޒާހަރާ ކޮށްފައެވެ.