ހޮލީވުޑް އެކްޓަރު ޖޭމްސް ވުޑްސް ފިލްމީ ދާއިރާއިން ރިޓަޔާ ކުރަން ނިންމައިފި އެވެ.
މަޝްހޫރު ފިލްމްތައް ކަމަށްވާ 'ކެސީނޯ'، 'ވީޑިއޯޑްރޯމް'، 'ސެލްވޭޑޯ' އާއި 'ގޯސްޓްސް އޮފް މިސިސިއްޕީ' އިން ފެނިގެން ގޮސްފައިވާ ޖޭމްސް ވުޑްސް ވަނީ އިއްޔެ ނެރުނު ނޫސް ބަޔާނެއް މެދުވެރިކޮށް މި ޚަބަރު އިއުލާންކޮށްފަ އެވެ.
ވުޑްސް ބުނާ ގޮތުގައި ފިލްމީ ދާއިރާއިން ރިޓަޔާ ވުމަށްފަހު އޭނާގެ އުންމީދަކީ އޭނާގެ ނަމުގައިވާ ގިނަ ބިންތަކެއް ވިއްކާލުމަށްފަހު އާދައިގެ ދިރިއުޅުމެއް ގެންގުޅުން ކަމަށެވެ.
މީގެ އިތުރުން އޭނާ ބޭނުން ވަނީ ފޮޓޯގްރަފީ އާއި ޕޯކަ ކުޅުމުގައި ގިނަ ވަގުތު ހޭދަކުރަން ކަމަށް ވެސް ވުޑްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރޯޑް އައިލެންޑް ގައި ވުޑްސްގެ ނަމުގައި ހަތަރު ގެއެއް ހުރެ އެވެ.
އުމުރުން 70 އަހަރުގެ ވުޑްސް ވަނީ ޑިޒްނީގެ މަޝްހޫރު ކާޓޫން ކަމަށްވާ "ހާކިއުލެސް" ގެ ވިލަން ހޭޑްސްގެ ރޯލަށް އަޑު އަޅައި ދީފަ އެވެ. އަދި އޭނާ އަށް ވަނީ އެ ރޯލަށްޓަކައި އެމީ އެވޯޑެއް ވެސް ލިބިފަ އެވެ.