Last Updated: June 29, 10:25
Monday, June 29, 2026
މުނިފޫހިފިލުވުން

ސޭމް ސްމިތުގެ އާ އަލްބަމް އަންނަ މަހު

އޮސްކާ އެވޯޑް ލިބިފައިވާ ލަވަކިޔުންތެރިޔާ ސޭމް ސްމިތްގެ އެންމެ ފަހުގެ އަލްބަމް "ދަ ތްރިލް އޮފް އިޓް އޯލް" ވަރަށް އަވަހަށް ލޯންޗް ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

މިއީ މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ސްމިތްގެ ޑެބިއު އަލްބަމް ކަމަށްވާ "އިން ދަ ލޯންލީ އަވަރ' އަށްފަހު އޭނާ ރިލީޒްކުރާ ފުރަތަމަ އަލްބަމެވެ.

https://www.instagram.com/p/BZ5HeAPF0Na/

މި އަލްބަމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ. ސޭމް ސްމިތް ވަނީ އަލްބަމް ލޯންޗް ކުރާ ތާރީޚާއި އެކު އަލްބަމްގެ ޓްރެކް ލިސްޓް ވެސް ނެރެފައެވެ.

މި އަލްބަމްގައި 25 އަހަރުގެ ސޭމް ސްމިތް ވަނީ ޓިމްބަލޭންޑް، މެލޭ، ސްޓާގޭޓް އަދި ޖޭސަން 'ޕޫ ބެއަރ' ބޮއިޑް އާއި ޖިމީ ނޭޕްސް ފަދަ ފަންނާނުންނާއި އެކު ކޮލަބޮރޭޓް ކޮށްފައެވެ.