Last Updated: April 23, 20:04
Tuesday, April 23, 2024
ކުޅިވަރު

މުންތަގިމް ރެފްރީ ދާއިރާ އިން އާ ފައްތަރަކަށް

ލެވެލް ދޭއްގެ ރެފްރީ ފާސް، އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ހާސިލްކޮށް ތާރީހުގެ ތެރެއިން ޖާގައެއް ހޯދައިފި އެވެ.

މުންތަގިމަކީ ލެވެލް ދޭއްގެ ރެފްރީ ފާސް ހާސިލްކުރި ފުރަތަމަ ދިވެއްސެވެ. މި ޝަރަފާ އެކު އޭނާ އަށް ސަރަހައްދީ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ދެން ލިބޭނެ އެވެ.

ފޭދު އުފަން މުންތަގިމް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ފާސް ހޯދީ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުންނެވެ. ލެވެލް ދޭއްގެ ފާހާ އެކު އޭޝިއާ ސަރަހައްދުގެ މުބާރާތްތަކުން މުންތަގިމަށް ފުރުސަތު ލިބޭނެ އެވެ.

އައްޑޫ އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި 1996 ވަނަ އަހަރު އެންމެ ފުރަތަމަ އޮފިޝަލް ކުރަން ފެށި މުންތަގިމަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް އެތުލެޓިކްސް ރެފްރީ ވެސް މެ އެވެ.