މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ރ. މީދޫ ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރާއި ގުޅިގެން ހޯދަން އިއްލާން ކުރި މއ. ލޮނުމިދިލިގޭ އަފްރާހް އަބްދުއް ރައްޒާގު ހައްޔަރުކޮށްފިއެވެ.
އަފްރާހް ހައްޔަރުކޮށްފައިވަނީ ފިލާ ހުއްޓާ މއ. ނެވަކޯންއިންނެވެ. ކޯޓު އަމުރެއްގެ ދަށުން އަފްރާހް ހައްޔަރުކޮށް އޭނާ ދިރިއުޅެމުން ދިޔަ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
އަނަސް މަރާލި މައްސަލާގައި ފުލުހުން ހޯދަން އިއްލާން ކުރި ދެމީހުންގެ ތެރެއިން ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ޝާޒު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަދި ކޯޓު އަމުރެއްގެ ދަށުން މ. ދިމިޝްގު އާއި މ. އަސަރީހިޔާ ބަލައި ފާސްކޮށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ