Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ފިނޭންސް ވަގުތީ ގޮތުން ހިންގެވުން އަންޑޭ އަށް

އިކޮނޮމިކް މިނިސްޓަރު އަންޑޭ. ފޮޓޯ/ ހަވީރު

ފިނޭންސް މިނިސްޓަރު ޢަބްދުﷲ ޖިހާދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޙަންމަދު (އަންޑޭ) އާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފި އެވެ.