Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މާދަމާގެ ޖަލްސާގައި މަސީހު އިންނަވާނީ ލަކުނޑި ކޮށްޓެއްގައި!

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި އިދާރީ ބޭފުޅުންގެ ތިއްބަވާ ސަރަހައްދު ވަކިކުރުމަށް ލަކުނޑި "ކޮށްޓެއް" ހަދައިފިއެވެ.  

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި މަޖިލީހުގެ ރިޔާސަތުގެ ވަށަައިގެން ހަދާފައިވާ ކޮށިގަނޑުގެ އުސްމިނުގައި ގާތްގަނޑަކަށް ފަސް ފޫޓް ހުންނާނެ ކަމަށް ބެލެވެއެވެ.

ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ ކޮށިގަނޑު ޖެހުމަށްޓަކައި މަޖިލީހުގެ އިދާރީ ބޭފުޅުން ތިއްބަވާ ސަރަހައްދު ވަނީ ވަރަށް ބޮޑަށް އުސްކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތާއި އިދާރީ މޭޒުތައް ހުންނަ ސަރަހައްދަށް ވަނުމަށް ސިޑިއެއް ލާފައި ހުންނައިރު، މެމްބަރުންނަށް ނުވަދެވޭ ގޮތަށް ޚާއްސަ ދޮރެއް ވަނީ ބަހައްޓާފައެވެ މިއީ ރާއްޖޭގެ ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންނެވުމަށް މިފަދަ ކޮށިގަނޑެއް ހެދި ފުރަތަމަ ފަހަރެވެ.
 
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް 45 ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާނެ އެވެ.