ސުޝާންތް ސިންގް ރާޖްޕޫތް އާއި ޖެކޮލިން ފާނެންޑެޒް އެ ދެ ތަރިންގެ ކުރިއަށް އޮތް ފިލްމް ކަމަށްވާ "ޑްރައިވް" ގެ ޝޫޓިން ފަށައިފި އެވެ.
ޖެކޮލިން ވަނީ އިޒްރޭލްގެ ތެލް އަވީވްގައި ކުރިއަށްދާ ޝޫޓިންގެ ތެރެއިން ނަގާފައިވާ ކުރު ވީޑިއޯތަކެއް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ފިލްމްގެ ޓީމުން ދަނީ އެކީގައި ވަރަށް މަޖާކޮށް ޝޫޓް ކުރަމުންނެވެ. "ޑްރައިވް" ވެގެން ދާނީ ސުޝާންތާއި ޖެކްލީން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
https://www.instagram.com/p/BZ-yAmUg_-w/?hl=en
މި ފިލްމަކީ އަކީ ތަރުން މަންސުކާނީ ޑައިރެކްޓް ކުރާ ފިލްމެކެވެ. ތަރުން އެންމެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ 2008 ވަނަ އަހަރު ނެރުނު "ދޯސްތާނާ" އެވެ. މިއީ އޭގެ ފަހުން އޭނާ ޑައިރެކްޓް ކުރާ ދެވަނަ ފިލްމެވެ.
ކަރަން ޖޯހަރް އާއި އޭނާގެ މަންމަ ހީރޫ ޖޯހަރް ޕްރޮޑިއުސް ކުރާ "ޑްރައިވް" ރިލީޒް ކުރާނީ މާޗް 2، 2018 ގަ އެވެ.