Last Updated: June 29, 10:25
Monday, June 29, 2026
މުނިފޫހިފިލުވުން

ޝާހްރުކް އާއި ޖޫހީ އަނެއްކާ ވެސް އެކީގައި

ޝާހްރުކް ޚާން އާއި ޖޫހީ ޗާވްލާ އަކީ ބޮލީވުޑްގެ އެންމެ މަޤްބޫލް އެއް ޖޯޑެވެ.

ޝާހް އާއި ޖޫހީ ވަނީ އެކުގައި ވަރަށް ގިނަ ކާމިޔާބު ފިލްމްތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި 'ރާޖޫ ބަން ގަޔާ ޖެންޓްލްމޭން'، 'ޑަރް' އަދި 'ރާމް ޖާނޭ' އާއި 'ޔެސް ބޮސް' ގެ އިތުރުން 'ޑުޕްލިކޭޓް' ހިމެނެއެވެ. މީގެ އިތުރުން އެ ދެ ތަރިން ވަނީ 'ޑްރީމްޒް އަންލިމިޓެޑް' ގެ ނަމުގައި އެކީގައި ޕްރޮޑަކްޝަން ހައުސް އެއްވެސް ފަށާފައެވެ.

އެނގިފައިވާ ގޮތުގައި މި މަޝްހޫރު ޖޯޑް އަނެއްކާވެސް ވަރަށް އަވަހަށް އެކީގައި ފިލްމަކުން ފެނިގެންދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ލީޑް ރޯލުން ޝާހް ރުކް ޚާން ފެނިގެންދާނެ އާނަންދް އެލް.ރާއި ގެ ކުރިއަށް އޮތް ފިލްމުން، ޖޫހީ ވެސް ކެމިއޯ އަކުން ފެނިގެންދާނެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޝާހް ވަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހުގެ ފަތިހާއި ހަމައަށް ޖޫހީ އާއިއެކު ޝޫޓް ކޮށްފައެވެ.