ކޮށިގަނޑެއް ޖަހައި އޭގެ ނިވަލުގައި މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބައިންދައިގެން ފަށާ ތާރީހީ ޖަލްސާއަށް ވަޑައިގެންނެވި މެމްބަރުންނަށް މަޖްލިސް ފްލޯއަށް ނުވެއްދިކަމަށް ބުނެ މެމްބަރުން ކަންބޮޑުވުން ފާޅު ކުރަންފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ ވިދާޅުވީ މަޖްލިސް އިދާރާއަށް ވަންނަ ހުރިހާ ދޮރެއް ވަނީ ސިފައިން ބަންދުކޮށްފައެވެ. އަދި މަޖްލިސް ޗެމްބަރ ތެރޭގައިވެސް ގިނަ ސިފައިން ތިބިކަމަށް މައުލޫމާތު ލިބެއެވެ.
Majlis dhoruthah mathy hus sifain. Chamber dhoru ethereyn thalhulaafa. Maseeh thahuthah ereemayo chamber dhoru hulhuveynee. pic.twitter.com/pD9zq4jWO3
— MP Rozaina Adam? (@Roxeyna) October 9, 2017
ރޮޒޭ ވިދާޅުވީ ޗެމަބަރަށް ވަންނަ ދޮރު އެތެރެއިން ތަޅުލާފައިވާކަމަށެވެ، އަދި ދޮރު ހުޅުވާނީ މަސީހު ތަހުތަށް އެރުމުންކަމަށް ސިފައިން ބުނެފައިވާ ކަމަށެވެ.
އާއްމުކޮށް މެމްބަރުންނަށް ޖަލްސާ ފެށުމުގެ 30 މިނިޓް ކުރިން މަޖްލިސް ފްލޯއަށް ވަދެވުނަސް މިހާރު އެކަން ވަނީ ހުއްޓިފައެވެ. މަޖްލިސް ޖަލްސާތައް ކުރިއަށް ދަނީ އިދާރީ މޭޒު ވަށައިގެން ސިފައިން ބައިތިއްބައިގެންނެވެ.
މަޖްލިސް ޗުއްޓީއަށް ދިއުމަށްފަހު މިއަދު އަލުން ފަށާއިރު މަޖްލިސްގެ ރައީސް އިންނަވާތަން ވަނީ އުސްކޮށް ވަޑައިގެން ލަކުޑި ކޮށިގަނޑެއް ޖަހާފައެވެ.