Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

މަޖިލިސް ޖަލްސާ ފަށައިފި، އިދިކޮޅު މެމްބަރުން އިހްތިޖާޖުގައި

ކޮށިގަނޑެއް ޖަހައި އޭގެ ނިވަލުގައި މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ބައިންދައިގެން ޖަލްސާ ފެށުމާއި އެކު އިދިކޮޅު މެމްބަރުން ތެދުވެ އިހްތިޖާޖު ކުރަން ފަށައިފިއެވެ.

މެމްބަރުން މަޖްލިސް ފްލޯއަށް ވައްދާފައިވަނީ ގިނަ އިރުތަކެއް ވަންދެން ސިފައިން ދޮރާށި ކައިރީ ފޯރި މެރުމަށްފަހު މަޖްލިސްގެ ރައީސް އާއި އިދާރީ މުވައްޒަފުން ޗެމަބަރަށް ވަދެ ހަމަޖެހުމުންނެވެ.

އިދާރީ މޭޒު ހުންނަ ސަރަހައްދުވަނީ މެމްބަރުންނަށް ނުވަދެވޭނެ ހެން ލަކުޑި ފެންސެއް ހަދާފައެވެ.

އިދިކޮޅު މެމްބަރުން ގޮވާލަމުން ދަނީ މަސީހު އިސްތިއުފާ ދިނުމަށެވެ، އަދި އޭނާ އަކީ މަޖްލިސްގެ ރައީސް ނޫންކަމަށް ބައެއް މެމްބަރުންވަނީ ގޮވާލާފައެވެ.

މަޖްލިސް ތެރޭގެ އަޑުގަދަކަމުން ކިޔާ ނުކިޔާއެއް ސާފެއް ނުވެއެވެ. ނަމަވެސް މަޖްލިސްގެ އަމީން އާއްމު ތެދުވެ ކޮންމެވެސް އެއްޗެއް ކިއުއްވާތަން ފެނެއެވެ.

ތަފްސީލް އަންނަނީ….