Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ ކަރަންޓް މައްސަލަ މަޖިލީހުގެ ކޮމިޓީ އަށް

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑަމުން ގެންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

މަޖިލީހުގެ އަމީން އާއްމަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވަނީ އައްޑޫގައި ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ ކޮންމެ ދުވަހަކު އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެތައް ފަހަރަކު ކަރަންޓު ކެނޑުމުން ގެންދާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވެ އިތުރުން ފެން ލިބުމުގައި ދަތިވެ ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ރައްޔިތުން އަނދިރީގައި ހޭދަކުރަން މިވަނީ ޖެހިފައިވާ ކަމަށް ވެސް ރޮޒެއިނާ ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ އަމީން އާންމަށް ރޮޒެއިނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވާ ގޮތުން މަޖިލީހުގެ ކޮމިޓީއަށް ފެނަކަ ހާޒިރު ކުރަނީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ސާފުކުރެއްވުމަށެވެ.


އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ ޖަނެރޭޓަރުތަކެއްގައި މައްސަލަ ޖެހި ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކަނޑަމުން ގެންދާތާ މިއަދަށް 7 ދުވަސް ވާނެއެވެ.