Last Updated: June 20, 10:36
Saturday, June 20, 2026
ޚަބަރު

ޕީޖީ ބިޝާމްގެ ކާރުގައި ރޯކޮށް އަންދާލައިފި

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ ރަސްމީ ކާރުކޮޅުގައި ރޭ ރޯކޮށް އަންދާލައިފިއެވެ.

ޖަނަވަރީ މަގުގައި ކާރު ޕާކްކޮށްފައި އޮތްވާ އަންދާލާފައިވަނީ ރޭ ފަތިހު ތިނެއް ޖަހާކަށް ހާއިރު ކަމަށެވެ. ފުލުހުން ބުނީ ކާރުގައި ރޯކޮށްލާފައިވަނީ ސައިކަލަކުން ދިޔަ ދެމީހުން ކަމަށެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

ކާރެއްގައި ރޯވި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ލިބުމާއި އެކު 10 މިނިޓްތެރޭ ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ އެ ސަރަހައްދަށް ގޮސް ނިއްވާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރުގެ ފަހަތު ޝީޓް އެއްކޮށް ވަނީ އަނދައިގެން ގޮސްފައެވެ.

ފުލުހުން ބުނީ މިއީ އިންޒާރެއް ކަމަށާއި ސީރިއަސްކޮށް މައްސަލަ ބަލާނެކަމަށެވެ. މި ކާރަކީ ބިޝާމްއަށް ދައުލަތުން ދީފައިވާ ކާރެކެވެ.