Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގަން އެއާޕޯޓްގައި އިމަޖަންސީ އެކްސަސައިޒެއް ބާއްވަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް. އައްޑޫލައިވް ފޮޓޯ: އިބްރާހިމް ހުސައިން

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަރޖަންސީ އެކްސަސައިޒެއް ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒް އާއި ގުޅޭ ގޮތުން މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފައެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަރނޭޝަލް އެއާޕޯޓް ކޮމްޕެނީން މައުލޫމާތު ދޭ ގޮތުގައި އިމަރޖެންސީ އެކްސަސައިޒް ބާއްވަނީ ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެ ޙާލަތެއްގައި އެކަމަށް ތައްޔާރުވެފައިވާ މިންވަރާއި ރައްކާތެރިކަން ދެމެހެއްޓޭނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

އިމަރޖަންސީ އެކްސަސައިޒްގައި ކަމާއި ގުޅުންހުރި ގިނަ މުއައްސަސާތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އައްޑޫސިޓީ ކައުންސިލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތައް، މޯލްޑިވްސް ޕޮލިސް ސަރވިސް، އެމް.އެން.ޑީ.އެފް، މޯލްޑިވްސް ރެޑް ކްރެސެންޓް ހިމެނެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސަސައިޒް ބޭއްވޭ ގަޑީގައި އެކަމުގައި ބައިވެރިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ގަމުގެ ކޯޒްވޭ ބަންދުވާނެއެވެ. އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފެށިގެން އައާޕޯޓާއި ދެމެދު އިމަރޖެންސީ ވެހިކަލްތަކާއި މީހުން އެވަގުތުގައި ހަރަކާތްތެރިވަމުން ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.