Last Updated: June 16, 20:09
Tuesday, June 16, 2026
ސިޔާސީ

އެމްޑީޕީގެ ފޯކަލްޕޮއިޓް އިންތިހާބް 29 ގައި

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރަށް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ފޯކަލް ޕޮއިންޓެއް އިންތިހާބު ކުރުމަށް ކަނޑައެޅިފައިވާތީ އެކަމަށް ބާއްވާ އިންތިހާބު މި މަހުގެ 29 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިންތިހާބުގައި ސިޓީތަކުން ފޯކަލް ޕޮއިންޓް ކަނޑައަޅާނީ ސިޓީގައި ހިމެނޭ ކޮންމެ ދާއިރާއަކުން ފޯކަލް ޕޮއިންޓެކެވެ.
އެހެން ކަމުން ސީޓީތަކުން އެ އުސޫލުގެ މަތިން އަމަލުކޮށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 35 އަހަރުން ދަށުގެ މެމްބަރުން މާދަމާ ހަވީރު 15:00 ގެ ކުރިން އެމްޑީޕީގެ ގައުމީ އިދާރާ އަށް ލިޔުމަކުން ހުށަހެޔުމަށް އެމްޑީޕީން އެދެ އެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް އެ ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ އެވެ.