Last Updated: March 28, 19:01
Thursday, March 28, 2024
މީހުން

އިކޮނޮމިކްސް އިން ނޮބެލް އިނާމް ރިޗަޑް ތޭލާ އަށް

2017 ވަނަ އަހަރުގ ނޮބެލް ޕްރައިޒް ފޯ އިކޮނޮމިކްސް އެމެރިކާގެ އިކޮނޮމިސްޓެއް ކަމަށްވާ ރިޗާޑް ތޭލާ އަށް ލިބިއްޖެ އެވެ.

ޗިކާގޯ ބޫތް ބިޒްނަސް ސްކޫލްގެ ޕްރޮފެސަރ ތޭލާ ވަނީ ދިރިއުޅުމުގެ ނިންމުންތައް ނިންމާ ގޮތާއި ބެހޭގޮތުން ފޮތެއް ލިޔެފައެވެ. "ނަޖް" ގެ ނަމުން ނަން ދީފައިވާ އެފޮތް ވެގެން ދިޔައީ ބައިނަލްއަޤްވާމީ ގޮތުން ވެސް ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.

ނޮބެލް ޕްރައިޒްގެ ފަނޑިޔާރުން ބުނި ގޮތުގައި ޕްރޮފެސަރ ތޭލާ ވަނީ "ނަޖިން" ގެ ޒަރިއްޔާރިން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގޭނެ ގޮތް އޭނާގެ ފޮތުގައި ބުނެދީފައި ކަމަށެވެ.

9 މިލިއަން ސްވިޑިޝް ކްރޯނާ ނުވަތަ 850،000 ޕައުންޑްގެ މި އަގުހުރި އެވޯޑް އޭނާއަށް ވަރަށް އަވަހަށް އެރުވޭނެ އެވެ.

"ވީހާވެސް ރަނގަޅަށް އެ ފައިދާ ޚަރަދު ކުރެވޭތޯ އަހަރެން ބަލާނަން"، އުމުރުން 72 އަހަރުގެ ޕްރޮފެސަރ ތޭލާ ބުނެއެވެ.