މިއީ ޑީސީގެ ފޭނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ޑީސީގެ ފޭނުން އިންތިޒާރު ކުރަމުން އައި "ޖަސްޓިސް ލީގް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ރަސްމީ ޓްރެއިލާ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައެވެ. ޓްރެއިލާ ފެށޭއިރު ފެނިގެންދަނީ ލޮއިސް ލޭން ކްލާކް ކެންޓް އާއި އެންގޭޖް ކުރުމުގެ ހުވަފެން ބަލަމުންދާ މަންޒަރެވެ. އެހެންނަމަވެސް އޭނާ ހޭލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެއް – ހުސް އެނދެކެވެ.
Check out the new trailer and see #JusticeLeague in theaters November 17. pic.twitter.com/oGqsLN3U4X
— Justice League Movie (@justiceleaguewb) October 8, 2017
ޓްރެއިލާއިން ފެންނަ ގޮތުގައި ޓީވީ އިން ދައްކަނީ ހުސް ހަނގުރާމައާއި ޓެރަރިޒަމް ގެ ސަބަބުން މުޅި ދުނިޔެ ހަލާކުވަމުންދާ ޚަބަރުތަކެވެ. އަދި ޖަސްޓިސް ލީގްގެ މައިގަނޑު ކެރެކްޓާތަކުގެ މެދުގައި ހިނގާ ވަރުގަދަ ހަނގުރާމައިގެ މަންޒަރުތައް ވެސް ޓްރެއިލާ އިން ފެނިގެން ދެ އެވެ.
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު 17 ގައެވެ.