Last Updated: June 20, 10:36
Saturday, June 20, 2026
މުނިފޫހިފިލުވުން

އުފަން ދުވަހަށް އަމީތާބު ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަންގެ 75 ވަނަ އުފަން ދުވަސް މާދަމާ ފާހަގަ ކުރުމަށް އާއިލާއާ އެކު އޭނާ ރާއްޖެ އަތުވެއްޖެ އެވެ.

އަމީތާބު ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއް ގައެވެ. އާއިލާއާ އެކު އަމީތާބު މުމްބާއީ އެއާޕޯޓްގައި ހަރަކާތްތެރިވި ފޮޓޯތައް އިންޑިއާގެ ބޮޑެތި ނޫސްތަކުގައި ވަނީ ޖަހައިފައެވެ.

މިދަތުރުގައި އަމީތާބުގެ ދެ ދަރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި ޝްވޭތާ ނަންދާ އަދި ޅީދަރިފުޅު އައިޝްވަރިޔާ ރާއީ އާއި ކާފަ ދަރިން ކަމަށްވާ ނަވްޔާ ނަވޭލީ އާއި އާރާދިޔާ ބައްޗަން ހިމެނެ އެވެ.

އަމީތާބުގެ އުފަންދުވަހަކީ މި މަހުގެ 11 ވަނަ ދުވަހެވެ. މީގެ ކުރިން އަމީތާބު ވަނީ އާއިލާއާ އެކު އަބީޝެކްގެ އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސްފަ އެވެ.

އާމިރް ހާނާ އެކު "ތަގްސް އޮފް ހިންދުސްތާން" މިހާރު ކުޅެމުން އަންނަ އަމީތާބް ސޮނީން މިހާރު ދައްކާ "ކޯން ބަނޭގާ ކަރޯޑްޕަތީ" އިން ވެސް ފެނިގެން ދާނެ އެވެ.