Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ރަޝީދުގެ މަރު ތަހުގީގު ކުރަން ޖެހޭ: މައުމޫން

ހުކުމް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު: ފޮޓޯ - ސަން

ދެހާސް ފަނަރަ ވަނަ އަހަރުގެ މޭޑޭ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކޮށް ޖަލަށްލާފައިވަނިކޮށް މިއަދު ނިޔާވި ގ.ކީމާ އަބްދުﷲ ރަޝީދު (51އ)ގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހްގީގެއް ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ގޮވާލައްވައިފިއެވެ.

މައުމޫން މިފަދައިން ވިދާޅުވީ ރަޝީދު ނިޔާވި ހަބަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓްވީޓެއްގައެވެ. ރަޝީދުގެ މަރުގެ މައްސަލާގައި އިދިކޮޅު އެމްޑީޕީ އާއި ރަޝީދުގެ އާއިލާއިން ވަނީ ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ރަޝީދުއަށް ޖަލުގައި އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ދީފައި ނުވާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރަޝީދު ނިޔާވީ ބަލިވެގެން އިއްޔެ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ. އެއީ އޭނާ އަނބުރައިގަނެގެން ގޮޅި ތެރެއަށް ވެއްޓުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވާ މީހުންގެ އަދަދު މިހާރު ދަނީ އިތުރު ވަމުންނެވެ.