ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދިނުމަށް 18 ޖޫން 2012 ގައި އުފެއްދި ފެނަކަ ކޯޕަރޭޝަން ވެފައި މިވަނީ ކަރަޕްޝަންގެ ހާއްޔަކަށެވެ. އަތޮޅު ތެރޭ ރައްޔިތުންނަށް އަސާސީ ހިދްމަތް ފޯރުކޮށްދިނުމަށް އުފެއްދި މިކުންފުނިން ނިކަމެތި އާއްމު ރައްޔިތުން ފެލަމުން ދަނީ ރޯމާ ދުވާލުއެވެ.
ގެ އެ
ކަރަންޓްގެ އަގު ހެޔޮ ކުރުމަށާއި މާލެ އާއި އަތޮޅު ތެރޭގެ ކަރަންޓްގެ އަގު ތަފާތު ނުކުރުމަށް ދިވެހި ރައްޔިތުން އެދެމުންދާތާ އެތައް އަހަރެއްވީއެވެ. ފެނަކަ ކޯޕަރޭޝަނުން އެއަޑެއް ނާހައެވެ. ރައްޔިތުންގެ އެ ޝަކުވާއަށް ފެނަކަ ކޯޕަރޭޝަނުން ދޭ ޖަވާބަކީ ހިދްމަތް ފޯރުކޮށްދިނުމުގެ ހަރަދު ބޮޑު ވާހަކައެވެ.
ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް އަސާސީ ހިދްމަތް ފޯރުކޮށްދޭ އަގު ބޮޑުވާ މައްސަލަ މިއޮތީ އެކުންފުނީގެ އޮޑިޓް ރިޕޯޓުން ފަޅާ އަރުވާލާފައެވެ. މިރިޕޯޓްގައި ބަލާލާނީ އޮޑިޓް ރިޕޯޓުން ހާމަ ކުރި ޑީސަލް ގަތުމުގެ ކަރަޕްޝަންގެ މައްޗަށެވެ.
ޑީސަލް ބޮޑު އަގުގައި ގަތުން
2014 އަދި 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ފެނަކަ ކޯޕަރޭޝަނުން އެކި ރަށްރަށުގައި ހިންގާ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް އެ ތަން ތަނަށް ސަޕްލައިކޮށް ވިއްކުމަށް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ފެނަކަ ކޯޕަރޭޝަނަށް އަގު ހުށަހަޅާފައިވަނީ އައްޑޫ ސިޓީގެ ރަށްތައް ފިޔަވައި އެހެން ހުރިހާ ރަށްތަކަށް އެއްރޭޓެއްގައެވެ. ނަމަވެސް އަމިއްލަ ބައެއް ފަރާތްތަކުން ފެނަކަ ކޯޕަރޭޝަނަށް ޑީސަލް ވިއްކުމަށް އަގު
ހުށަހަޅަމުން ގޮސްފައިވަނީ މާލެއާއި ކައިރި ރަށްރަށާއި އަދި ދުރު ރަށްރަށަށް ތަފާތު ރޭޓް ތަކުންކަން ފާހަގަކުރެވެއެވެ.
އަގުރޭޓް ކާޑް

2015 ވަނަ އަހަރު ޑީސަލް ގަނެފައިވާ ގޮތުގެ ކާޑް

ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކައިން ގަތް ތެލަށް 2014 އަދި 2015 ވަނަ އަހަރު އިތުރަށް 21.86 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ކަރަންޓް ބިލް ތައް ބޮޑުކޮށް އާއްމު ރައްޔިތުން އަތުން ވަނީ މިއަގު އަދާކުރުމަށް ފައިސާ ނަގާފައެވެ. އަދި މިހާތަނަށް އައިއިރުވެސް މިއަގުތައް ރިވިއު ކޮށް އަގުބަދަލު ކުރުމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ ކަރަޕްޝަންގެ ޖަރީމާތަކުގެ އަގު އަދާކުރަމުން ދަނީ ނިކަމެތި ރައްޔިތުންނެވެ.