Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެސްޓީއެލްގެ ތިން ބަހެއް ލ. އަތޮޅަށް ގެންގޮސްފި

ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރަމުން އައި 3 ބަހެއް ލ. އަތޮޅަށް ގެންގޮސްފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަސްތައް ބޭނުންކުރާނީ ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށެވެ.

އެސްޓީއެލްގެ 3 ބަހެއް ލ.އަތޮޅަށް ފޮނުވާލާފައިވާ ކަން އެ ކުންފުނީގެ އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އޮފިޝަލް ބުނި ގޮތުގައި، އައްޑޫ އިން 3 ބަސް ފޮނުވާލި ނަމަވެސް އައްޑޫގައި ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް ބުރޫ ނާރާނެ ކަމަށެވެ.

އެސްޓީއެލް އިން ބަހުގެ ހިދުމަތް ދޭން ފެށި އިރު އައްޑޫއަށް 11 ބަސް ގެނައެވެ.