Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފެނަކައިގެ ވެރިން މިއަދު މަޖިލީހުގެ ކޮމިޓީ އަށް

އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާތީ ފެނަކަ ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން މިއަދު 1 ޖަހާއިރު ހާޒިރު ކުރާނެއެވެ.

ފެނަކައިގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ އައްޑޫގެ ކަރަންޓު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރާ އިންޖީނުތަކަށް މައްސަލަ ޖެހި ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުން ގެންދާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ކޮންމެ ރެއަކުވެސް އައްޑޫގެ ގިނަ ބަޔަކު ކަނު އަނދިރީގައި އުޅެން ޖެހިފައިވާއިރު އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ޑިސެެމްބަރު މަހުގެ ފަހުކޮޅު ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.