Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އަތޮޅު ކުރިއަރުވަން އެއްބާރުލުން ލިބޭނެ: ޓޮމް

އ.ދ ހަންޏާމީދޫ އަދި އޮމަދޫގެ ނަރުދަމާގެ ނިޒާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ - ޓޮމް

އަތޮޅު ކުރިއެރުވުމަށް ހިންގޭ ކޮންމެ މަޝްރޫއުއެއްގައި ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް(ޓޮމް) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއިކޮށް، ސަރުކާރު ފަޅިން ވަކިވެވަޑައިގެންފައިވާ ޓޮމް މިހެން ވިދާޅުވެފައިވަނީ އ.ދ ހަންޏާމީދޫ އަދި އޮމަދޫގެ ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހުގައެވެ.

ފޭސްބުކް މެދުވެރިކޮށް ފޮނުވި މެސެޖުގައި ޓޮމް ވިދާޅުވެފައިވަނީ އަތޮޅަށް ކުރިއެރުން ލިބޭ ކޮންމެ ކަމެއްގައި އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ޓޮމް ސަރުކާރު ފަޅިން އެއްކައިރިވީވެސް މަސްވެރިންނަށް މިސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭތީއެވެ. ފިޝެރީޒް މިނިސްޓަރު ޑރ. ޝައިނީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އޭރު ޓޮމް ވަނީ މަސްވެރިންގެ ހައްގުގައި ވަކާލާތުކޮށް ވައުދުތައް ފުއްދުމަށް ބާރު އަޅާފައެވެ.