Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފާރިސް ގެއަށް ބަދަލު ކުރުމުން އުފާވެއްޖެ: ނަޝީދު

އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ. ފޮޓޯ/ ޖޭޑް

މިދިއަ ޖުލައި މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް ފާރިސް މައުމޫން މިއަދު ގެއަށް ބަދަލު ކުރުމަކީ އުފާވެރި ޚަބަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ފާރިސް ގޭ ބަންދަށް ބަދަލުކުރުމުން ފާރިސްގެ އާއިލާއަށް މަރުޚަބާ ވިދާޅުވެފައެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދޮށީ ދަރިކަލުން، ފާރިސް މައުމޫން ޖުލައި މަހުގެ ތެރޭގައި ހައްޔަރު ކުރެއްވުމުން ވެސް ނަޝީދު ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

އޭރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްއަކީ "ހިތްވަރު ގަދަ، ސްމާޓް، އަދި ގޮތުގައި ހުންނަވާ ބޭފުޅެއް" ކަމަށެވެ.