Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކަރަންޓަށް ވަގުތީ ހައްލެއް ގެންނަން އައްޑު އަށް ދެ ޖަނެރޭޓަރު ގެނެސްފި

އައްޑޫ އަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ގެނައި 2 ޖަނެރޭޓަރު ހިފައިގެން އައި ބާޖު ހިތަދޫ ބަނދަރުގައި

އައްޑޫގެ މައި އިންޖީނު ގޭގައި ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑެމުންދާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި އައްޑޫއަށް 2 ޖެނަރޭޓަރު ގެނެސްފިއެވެ.

މި ޖަނެރޭޓަރުތައް ހިފައިގެން އައި ބާޖު ވަނީ މީގެ ކުޑައިރުކޮޅޭއް ކުރިން ހިތަދޫ ބަނދަރަށް ކައިރިކޮށްފައެވެ. އަދި މިހާރު ޖަނެރޭޓަރުތައް ބާޖުން ބޭލުމުގެ މަސައްކަތް ފެނަކަ އާއި އެޗްޕީއެލްގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

އައްޑޫ އަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް 2 ޖަނެރޭޓަރެއް ގެނައުން.

މިފަހަރު އައްޑޫ އަށް ގެނެސްފައި ވަނީ 1.1 މެގަވޯޓްގެ ޖެނަރޭޓަރަކާއި 1.2 މެގަވޯޓްގެ ޖެނަރޭޓަރެކެވެ. މި ޖެނެރޭޓަރުތައް ގެނެސް އިންސްޓޯލް ކުރެވުމުން ކަރަންޓުގެ މައްސަލަ އަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކަ އައްޑޫ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިރޭ ގެނައި 2 ޖަނެރޭޓަރު އިންސްޓޯލްކޮށް ކުރިއަށް 4 ދުވަހުގެ ތެރޭގައި އިންސްޓޯލްކޮށް ނިމޭނެއެވެ.