Last Updated: June 11, 10:02
Thursday, June 11, 2026
ކުޅިވަރު

"ގްލޯބަލް ލިންކްސް ޗެލެންޖް ކަޕް 2013" މާދަމާ

"ގްލޯބަލް ލިންކްސް ޗެލެންޖް ކަޕް 2013" ގެ މާދަމާ ފަށާނެ އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތް ހުޅުވާ މެޗްގައި ނިކުންނާނީ ހިތަދޫ ރިވެރިން އާއި ހިތަދޫ ޔަޝީ ޓީމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ލީގް އުސޫލުންނެވެ.

ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އިން އިސް ނަގައިގެން އައްޑޫގެ ފުޓްބޯޅަ ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތުގައި މިހާރު ބައިވެރިވެފައިވާ ޓީމުތަކަކީ ހިތަދޫ މަލްޓީ ޖީނިއަސް، ހިތަދޫ ޔަޝީ، ހިތަދޫ ރިވަރިން ސްޕޯޓްސް، އަދި ހިތަދޫ އެމްސީ ޔުނައިޓެޑްގެ އިތުރުން މަަރަދޫ ޔުނައިޓެޑް އާއި ފޭދޫ ދި ފޭދޫ ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 100،000ރ. ހުށަހަޅާފަ އެވެ. އަދި ދެވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވެ އެވެ.