Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ލަންކާގައި ހުންނަ ރާއްޖެ އެމްބަސީ ކައިރީގައި މުޒާހަރާއަކަށް ތައްޔާރު

ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ ކުރިމަތީގައި ސުލްހަވެރި މުޒާހަރާއެއް މިއަދު ހެނދުނު ބާއްވާނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

އިއްތިހާދުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަދި ރާއްޖޭން ބޭރުގައި ހުއްޓާ ޕާސްޕޯޓް ކެންސަލްކޮށްފައިވާ އަހުމަދު މަހްލޫފް ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދާނީ ލަންކާ ސަރުކާރުން ނަގަން ޖެހޭ ހުއްދަ ނަގައިގެން ކަމަށެވެ.

މަހްލޫފް ވަނީ މިއަދު ހެނދުނު 10 ޖަހާއިރު ފަށާ މުޒާހަރާއަށް ލަންކާގައި ތިބި ދިވެހިން ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

"އަޅުގަނޑުމެން މިއަދު މި ބާއްވާ ސުލްހަވެރި އެއްވުމުގެ މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރުމަށް ރާއްޖޭގެ އެމްބަސީއަށް ގޮވާލަން" މަހްލޫފްގެ ޓްވިޓާގައި ވިދާޅުވިއެވެ.

މުޒާހަރާއަށް ތައްޔާރުކޮށްފައިވާ ބޯޑު ތަކުގައި ޔާމީން ރަޝީދާއި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ އިތުރުން ޖަލު ހުކުމެއްގައި ހުއްޓާ އަންގާރަ ދުވަހު ނިޔާވި އަހްމަދު ރަޝީދުގެ މަރުގެ މައްސަލާގައި ބައިނަލް އަގްވާމީ ތަހްގީގެއް ކުރުމަށް ވަނީ ބުނެފައެވެ.