ހުޅުމީދޫގައި ކިޅިތައް އޮންނަ ކަނޑޮފިށި ސަރަހައްދުގެ އެކި ދިމަދިމާލުގައި އަލިފާން ރޯވެ، އެ ސަރަހައްދަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފި އެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ރޯވި ސަރަހައްދު ނިއްވޭތޯ ފުލުހުންނާއި ބައެއް އާންމުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
"ސީދާ ކޮން އިރަކު ކިހިނެއްވެގެން ކަމެއް ނޭނގޭ ރޯވެގެން އުޅެނީ. މިއީ ވަރަަށް އާންމު ކަމެއް،" އޭނާ ބުންޏެވެ. "ނަސީބަކުން މިކަން މި ހިނފަނީ މީހުން ދިރިނޫޅޭ ހިސާބާ ކަމަށްވާތީ އާންމުންނަކަށް އެއްވެސް ގެއްލުމެއް ނުލިބޭ. އެހެން ނަމަވެސް ދުމުގެ އަސަރު ކޮންމެވެސް ވަރަކަށް ރަށު ތެރެއަށް ކުރަމުން ދޭ."
އޭނާ ބުނީ އެހާ އާންމުކޮށް ރޯވަނީ ބަޔަކު ގަސްތުގައި ރޯ ކުރާތީ ކަމަށް ވަރަށް ބޮޑަށް ގަބޫލް ކުރެވޭ ކަމަށެވެ.