Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ސިލޯންގައި ދިވެހިން މުޒާހަރާ ކުރަނީ

ސްރީ ލަންކާ އެމްބަސީ ކުރިމަތީ ދިވެހިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށާއި އިތުބާރު ނެތް ރައީސެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ނުބެހެއްޓުމަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާގައި އަޑުއުފުލާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ މި ސުލްހަވެރި މުޒާހަރާއަކީ ލަންކާގެ ގާނޫނުތަކާއި އެއްގޮތަށް ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށެވެ. ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ލަންކާ އެމްބަސީ ކުރިމަތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސް ޔާމީނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ލަންކާ ގަޑިން 10:00 ޖެހިއިރު ފެށި މިމުޒާހަރާގައި އިދިކޮޅު މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން އަދި ސްރީ ލަންކާގައި އުޅޭ ދިވެހި ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ.