ދައުލަތުން ގެއްލިފައިވާ ފައިސާގެ އަދަދު .513 ބިލިއަނަށް އަރާކަމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދި ރިޔާސީ ކަމިޝަނުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ދާދި ފަހުން ރައީސް އުފެއްދެވި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެމްބަރ ހޯމް މިނިސްޓަރު އަޒުލީން އަަހުމަދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގެ އިހްމާލުން ދައުލަތަށް 13.5 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެ ފައިސާ ދައުލަތަށް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އަޒްލީން ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީ ގެ ޚިޔާނާތުގެ މައްސަލަ ތަހްގީގުކޮށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ގައުމީ އެއާލައިން އެއާ މޯލްޑިވްސްގެ ކޮރަޕްޝަންގެ މައްސަލަ ވެސް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ….